ޚަބަރު

މި މަހުގެ 20 ގެ ކުރިން ރޯދަ އެލަވެންސް ދިނުމަށް އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

މި މަހުގެ 20 ގެ ކުރިން ރޯދަ އެލަވެންސް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒިފަކަށް ރޯދަ މަހުގެ އިނާޔަތު ފައިސާގެ ގޮތުގައި ދޭން ވާނީ 3،000 ރުފިޔާ ކަމަށެވެ.

އެގޮތުން މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒިފުންނަށް އިނާޔަތު ފައިސާ ދޭއިރު އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތް ދިނުމަށާއި އަދި އިތުރު ވަޒީފާތައް އަދާކުރާ އޮފީހަކުން އިނާޔަތު ފައިސާ ނުދިނުމަށް އަންގާ ކަމަށެވެ.

އިނާޔަތު ފައިސާ ދީފައިވާ މުވައްޒަފަކު، ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދަން ވަނީ އަންގާފައެވެ.

އަދި ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދޭންވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. މިގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށް ޖެހޭ ފައިސާ ބަލާނީ 30 ދުވަހުން ގެއްލައިގެން ކަމަށްވެސް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!