ޚަބަރު

ކޮވިޑް-19އާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ވާނީ ރާއްޖޭގެ އިގްތިސާދަށް: ވޯލްޑް ބޭންކް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ސަބަބުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ވާނީ ދިވެހިރާއްޖެ އަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

Ads by Hajj Corporation

ވޯލްޑް ބޭންކުން ބުނީ ރާއްޖެއަށް މިހާލަތު ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާ މިންވަރު ބޮޑުވެފައި، ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާ އެއްކޮށް ހުއްޓުމަކަށް އައިސްފައިވުން ކަމަށެވެ.

އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަން ގިނަ ދުވަސްތަކަކަށް ދެމިގެން ގޮސް އެންމެ ގޯސް ހާލަތު ގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މައިނަސް 8.5 އާއި 13 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވެއްޓޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި އަފްޣާނިސްތާނާއި ސްރީލަންކާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވެސް ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާ ކޮށްފައެވެ.

މީގެ އިތުރުން މިއީ ފާއިތުވި 40 އަހަރު ތެރޭގައި ދެކުނު އޭޝިއާގެ އިގްތިސާދު އެންމެ ބޮޑަށް ދަށްވާނެ ކަމަށް ލަފާކުރާ އަހަރު ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ވެސް ވަނީ ރާއްޖޭގެ އިގްތިސާދު "އެންމެ ގޯސް ހާލަތު" ގައި މައިނަސް 17 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!