ޚަބަރު

ޔޫއޭއީގައި އުޅޭ ދިވެހިންނަށް ވެސް ތަކެތި ފޮނުވުމުގެ ފުރުސަތު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހީންނަށް މޯލްޑިވިއަން މެދުވެރިކޮށް ކެއާ ޕެކޭޖު ފޮނުވުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Hajj Corporation

ފޮރިން މިނިސްޓްރީއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވިއަން އިން ޔޫއޭއީ އަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓްގައި ދިވެހި އާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައި ދިނުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޔޫއޭއީގައި ދިރިއުޅޭ ފަރާތްތަކަށް ފޮނުވާ ޕެކޭޖު ބަލައިގަންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އަދި އެތަކެތި ބަލައިގަންނާނީ މި އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 15:00ގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީއިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ކޮންމެ އާއިލާއަކަށްވެސް ގިނަ ވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!