ޚަބަރު

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަނުކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދުއަށް މަގާމުގެ ލިޔުންހަވާލުކުރުން--

ހުސްވެފައިވާ ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަނުކޮށްފި އެވެ.

Ads by Allied

ކުރިން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޣައްސާން މައުމޫން އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހަސަން ރަޝީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ މިނިސްޓަރުގެ މަގާމުގެ ފަތްކޮޅު ހަސަން ރަޝިީދުއަށް އަރުވައިފަ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރު މުހައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ހަސަން ރަޝީދު ވަނީ ސޮއިވެސް ކުރައްވާފައެވެ.

Ads by Allied Insurance