ޚަބަރު

ތަޖުރިބާހުރި ފުލުހުންނާ ކޮމިޝަނާ އޮފް ޕޮލިސް ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ތަޖުރިބާހުރި ފުލުހުންނާ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު ބައްދަލުކުރައްވައި މަޝްވަރާތައް މިއަދު ބާއްވައިފި އެވެ.

Ads by Allied

ފުލުހުން ބުނީ  އެ ބައްދަލުވުން ކުރިއަށް ދިޔައީ ފުލުހުންގެ ހިދުމަތުގައި 35 އަހަރު ހޭދަކުރައްވާފައިވާ އޮފިސަރުންނާއެކު ކަމަށެވެ.

އެ ބައްދަލުވުމުގައި މުއައްސަސާގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކޮށް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ތަރައްގީވެ ބަދަލުވެގެން އައިސްފައިވާ ގޮތާއި، އެކި ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކާއި، މުޖުތަމައުގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭ ގޮތުން އޮފިސަރުން ތަޖުރިބާ ހިއްސާކުރެއްވިކަމަށް ފުލުހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ސީޕީ ވަނީ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އޮފިސަރުންގެ އިލްމާއި ތަޖުރިބާއަކީ މިހާރު ހިނގަމުންދާ މަސައްކަތްތައް ކުރިއެރުވުމުގައި އަގުނުކުރެވޭފަދަ މުހިންމު ތަޖުރިބާތަކެއްކަން ފާހަގަކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ޖީލުތަކުގައި ފުލުހުން ތަމްރީނުކުރުމުގައި ދިގު މުއްދަތެއްގައި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ތަޖުރިބާ ވަރަށް މުހިންމު ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

Ads by Allied Insurance