މިރުސްތަކެއް ވަގަށް ބަނދެގެން ޖަލަށް ލި މީހާ މިފަހަރު ހައްޔަރުކުރީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރިގެން
މިރުސްތަކެއް ވަގަށް ބަނދެގެން ކުރިން ޖަލަށް ލި މީހަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުނު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ލ. ގަމު މުކުރިމަގު ހުސައިން އިރުޝާދު 2014އަހަރު ދެ އަހަރަށް ޖަލަށް ލާން ހުކުމްކުރީ މީހެއްގެ ދަނޑަކުން ވަގަށް މިރުސް ބިނުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެގެންނެެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން މި ފަހަރު އިރުޝާދު ހައްޔަރުކުރީ ދެ މީހަކު ބައިވެރިވެގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުނު މައްސަލައެއްގައެވެ.
އެ ކަމުގައި އޭނާގެ ބައިވެރިވުމެއް ނެތްކަމަށް އިރުޝާދު ބުނިނަމަވެސް އޭނާގެ ބައިވެރިވުން ސީސީޓީވީ ފުޓޭޖްގެ ސެންޕްޝޮޓްތަކަށް ބެލުމުން ސާފުވާކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އޭނާ ހިންގީ ނުރައްކާތެރި އަމަލެއްކަމަށް ބެލެވޭ ވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި އޭނާ 15ދުވަަހަށް ވަނީ ބަންދުވެސްކޮށްފައެވެ.