ދުނިޔެ

އެސްސީއޯގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައި އިންޑިއާގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ރާޖްނާތު ސިންގް ބައިވެރިވެވަޑައިގަންނަވަނީ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އަންނަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ކިރިގިސްތާނުގެ ބިޝްކެކްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވާ އިންޑިއާގެ މަތީ ފަންތީގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި އެ ގައުމުގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ads by Allied

ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މެންބަރު ގައުމުތަކުގެ ދިފާއީ ވަޒީރުން ސަރަހައްދީ ދިފާއީ އަދި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، އެސްސީއޯގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ ދިފާއީ އެއްބާރުލުމާ ގުޅޭ މުހިންމު ކަންތައްތަކަށް ވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާނެ ކަމަށް ބެލެވެއެވެ.

މިއަހަރުގެ އެސްސީއޯ ބައްދަލުވުން ބާއްވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.

ސަރަހައްދުގެ އެންމެ ބޮޑު ސިޔާސީ އަދި އިގްތިސާދީ އެއް ޖަމާއަތް ކަމަށްވާ އެސްސީއޯއިން، މި ހަމަނުޖެހުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު ގޮތްތަކެއް ނިންމާނެ ކަމަށް ލަފާކުރެވެއެވެ.

ރާޖްނާތު ސިންގް މި ބައްދަލުވުމުގައި، ދުނިޔޭގެ ސަލާމަތީ ގޮންޖެހުންތަކުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް އިންޑިއާއިން ކުރާ މަސައްކަތްތަކަށް ބާރުއަޅުއްވައި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ މެދު އިންޑިއާއިން ގެންގުޅޭ 'ޒީރޯ ޓޮލަރެންސް' ނުވަތަ އެއްވެސް މިންވަރަކަށް ކެތްނުކުރުމުގެ ސިޔާސަތު އަލުން ތަކުރާރު ކުރައްވާނެއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ބައެއް ގައުމުތަކުގެ ދިފާއީ ވަޒީރުންނާ އެކު ރާޖްނާތު ސިންގް ވަކިވަކިން ބައްދަލުކުރައްވައި، ދޭދޭ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެސްސީއޯއަކީ 15 ޖޫން 2001 ގައި ޗައިނާގެ ޝަންހާއީގައި އުފެއްދި ސަރުކާރުތަކުގެ މެދުގައި އޮންނަ ޖަމާއަތެކެވެ. މި ޖަމާއަތުގައި މިހާރު ހިމެނޭ ގައުމުތަކަކީ އިންޑިއާ، ރަޝިޔާ، ޗައިނާ، ކަޒަކިސްތާން، ކިރިގިސްތާން، ޕާކިސްތާން، ތަޖިކިސްތާން، އުޒްބަކިސްތާން، އީރާން އަދި ބެލަރޫސް އެވެ. އިންޑިއާއިން މި ޖަމާއަތުގެ ފުރިހަމަ މެންބަރަކަށްވީ 2017 ވަނަ އަހަރުގައެވެ. އަދި 2023 ވަނަ އަހަރު އެ ގައުމުން ވަނީ ޖަމާއަތުގެ ދައުރުވާ ރިޔާސަތާ ހަވާލުވެފައެވެ.

އައިބީއެންއެސްއަކީ ވަކި ފިކުރަކަށް ނުވަތަ ވަކި ފަރާތަކަށް ލެނބިފައިވާ ނޫސް އިދާރާއެއް ނޫނެވެ. އަޅުގަނޑުމެންގެ މަގްސަދަކީ ކަން ހިނގާފައިވާ ގޮތަށް، ވަކި ފަރާތަކަށް ނުޖެހި ތެދު މައުލޫމާތު ފޯރުކޮށްދިނުމެވެ. އަޅުގަނޑުމެން ކަންކަމާ މެދު ގޮތް ނުނިންމާ، ހަގީގީ މައުލޫމާތު ހުށަހަޅައި، ގޮތް ނިންމުމުގެ ފުރުސަތު ކިޔުންތެރިންނަށް ދޫކޮށްލަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!