ޚަބަރު

ފެނަކައިގެ މުވައްޒަފުންނަށް ޗުއްޓީ ދިނުން ވަގުތީގޮތުން މެދުކަނޑާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި، ފެނަކަ ކޯޕަރޭޝަންގައި ވަޒީފާއަދާކުރާ އެންމެހާ މުވައްޒަފުންގެ ޗުއްޓީތައް ވަގުތީގޮތުން ހިފަހައްޓަން އެ ކުންފުނިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ކުންފުނީގެ އެތެރޭގައި އާންމުކޮށްފައިވާ އެންގުމަކުން އެނގޭ ގޮތުގައި، ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެހެން މަސައްކަތްތައް ރޭވުމަށްޓަކައި، މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ފިޔަވައި، އިތުރު އެއްވެސް މުވައްޒަފަކަށް އައު ޗުއްޓީއެއް ދޫކުރުން ވަނީ މެދުކަނޑާލާފައެވެ. އަދި މި ނިންމުމަށް އަމަލުކުރަން ފަށާފައިވާއިރު، މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އާންމުންނަށް ދެމުންގެންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އެޅި ފިޔަވަޅެއްކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުންނާ އެކު ޚިދުމަތްދެމުން އަންނަ ފެނަކައިން މުވައްޒަފުންގެ ޗުއްޓީތައް ހިފެހެއްޓިއިރު، އެ ކުންފުނީގެ މާލީ އަދި އިދާރީ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ދަނީ ކުރަމުންނެވެ.

Ads by Allied Insurance