ޚަބަރު

ފޯކައިދޫގައި 60 މީޓަރު ދިގު ޓީ ޖެޓީއެއް އަޅަން ޑިޒައިން ކުރާނެ ބަޔަކު ހޯދަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޯކައިދޫ: ފޮޓޯ ގޫގުލް

ށ. ފޯކައިދޫ އަށް 60 މީޓަރު ދިގު 4 މީޓަރުފުޅާ ޓީޖެޓީ އެއްގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އެ ރަށުގެ ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެ ރަށު ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މި މަސައްކަތަށް އެދި ހުށަހެޅޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގޭ ވިޔަފާރިތަކަށާއި މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބުދަ ދުވަހުގެ ކުރިން ބިޑް ރަޖިސްޓާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ބިޑް ރެޖިސްޓާ ކުރުމަށް ރެޖިސްޓްރޭޝަން ފޯމު އެ ކައުންސިލް ގެ މެއިލް އަށް ފޮނުވުމަށް ވެސް އެ އިއުލާނުގައިވެއެވެ.

ބިޑް ރެޖިސްޓާ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައި ކަމަށާއި އަދި ހުށަހަޅަން ޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށް ވެސް ބުނެފައިވެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީ އަކުން އެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައި ވަނީ ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ހާޒިރުގައި ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކައުންސިލްގެ އީމެއިލަށް ނުވަތަ 7715917، 9900922 ނަންބަރަށް ގުޅުމުން ވެސް މައުލޫމާތު ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by Allied Insurance