ޚަބަރު

ބަލިމަޑުކަމެއް ފެތުރެމުން އަންނަ އިރު ގޮތް ނިންމާނީ ސިޔާސީ މީހުން ނޫން، ގޭގައި ތިބެންވީ އަމިއްލަ ރައްކަލަށްޓަކައި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި ކޮންމެ މީހަކު ވެސް ގޭގައި މަޑުކުރަންވީ ގައުމާއި އަމިއްލަ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަރވިއުއެއްގައި، ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ، ބަލިމަޑުކަމެއް ފެތުރެމުން އަންނަ އިރު ގޮތް ނިންމާނީ ސިޔާސީ މީހުން ނޫން ކަމަށާއި، ބަސް ބުނާނީ ކަމާބެހޭ މާހިރުން ކަމަށެވެ.

"މިހާރު އެބޭފުޅުން މިވަނީ އަންގަވާފަ ގެއިން ބޭރަށް ނުނުކުންނާށޭ. އެހެންވީމަަ ކޮންމެ ބޭފުޅަކު ވެސް އެބަ ޖެހޭ ގޭގައި މަޑުކުރަން. ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގޮތަކަށް ވެސް ބޭރަށް ނުދާން. އަދި ބޭރަށް ދާއިރު ސޯޝަލް ޑިސްޓެންސް ބަހައްޓާން،" މައުމޫން ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭނީ އެންމެން އެކުގައި ޤައުމީ ރޫޙުގައި މަސައްކަތްކޮށްގެން ކަމަށާއި މިފަދަ ހާލަތެއްގައި އެއްބައިވަންތަކަން މުހިންމު ކަމަށެވެ.

ރާއްޖެއަށް ދިމާވި ހުރިހާ ބޮޑެތި ކާރިސާތަކަކުން ވެސް އަރައިގަނެވުނީ، އެންމެން އެކުގައި، އެއްބައިވަންތަ ކަމުގައި، ޤައުމީ ރޫޙުގައި މަސައްކަތް ކޮށްގެން ކަމަށާ، ކޮވިޑް-19 އިންވެސް އަރައި ގަތުމުގައި އެންމެ މުހިންމީ ރައްޔިތުން އެއްބައި ވުންކަމަށެވެ.

އިތުރަށް މައުމޫން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި، މިފަދަ އެތަކެއް ކާރިސާއެއް ފެނިފައިވާ ކަމަށާއި، ހަމަ ކޮންމެ ކާރިސާއެއްގައިވެސް އެއްބައިވަންތަކަން ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި 2004 ވަނަ އަހަރު ޑިސެމްބަރު މަހު އޭޝިޔާއަށް އެރި ސުނާމީއާއި، ޝިގެއްލާ ފާހަގަ ކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!