ޚަބަރު

ލޮކްޑައުންގައި ހުއްދަ ނެތި މަގުމަތީގައި އުޅުނު 95 މީހަކު ޖޫރިމަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮއްވައި ހުއްދަ ނެތި މަގުމަތީގައި އުޅުނު 90 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޖޫރިމަނާކޮށްފިއެވެ.

Ads by STELCO

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 95 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މިގޮތަށް ޖޫރިމަނާ ކުރެވޭ ފަރާތްތައް ޖޫރިމަނާ ކުރަން ނިންމާފައިވަނީ 1،000 ރުފިޔާ އިންނެވެ.

މާލެއިން ކޮވިޑް-19 އަށް މިތާނަށް 47 މީހަކު ފައްސިވެފައިވާއިރު، ސަރުކާރުން ވަނީ 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ. އެ ހާލަތުގައި މަގުތަކަށް ނިކުމެ އުޅޭ މީހުންނަށް ދެން ނަސޭހަތެއް ނުދޭނެ ކަމަށާއި ދެން ވަގުތުން ކުރާނީ ޖޫރިމަނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ބޭނުންވާ ކަމަށް ފުލުހުން ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!