ޚަބަރު

ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ގައްދޫއިން ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ގައްދޫއިން ފެނިއްޖެއެވެ.

Ads by STELCO

އެރަށު ކައުންސިލުން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ފަރާތެއް ގދ. ގައްދޫ އިން ފެނުމާއި ގުޅިގެން އެ ފަރާތުގެ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެން ދެން ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމުގެ ގޮތުން މިރޭ 12:00 އިން ފެށިގެން ފިިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގައްދޫގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ގޭގައި ތިބުމަށާއި، ތަންތަނަށް އެއްވެ ނޫޅުމަށާއި، ކޮންމެހެން ޒަރޫރީ ބޭނުމެއް ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުމެ ނޫޅުމަށްވެސް އަންގާފައި ވެއެވެ.

އެ ކައުންސިލުން ބުނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރައްވައި ސިއްހީ މާހިރުންގެ ލަފާ އާ އެއްގޮތަށް އަމަލު ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!