Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
މުނިފޫހިފިލުވުން

ނަހުލާ ވެސް ހޯމް އައިސޮލޭޝަންގައި

މަޝްހޫރު ދިވެހި ފިލްމް ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ ދިރިއުޅޭ ގެ ލޮކްޑައުން ކޮށް ނަހުލާ ވެސް ހޯމް އައިސޮލޭޝަނަށް ގޮސްފިއެވެ.

އިންސްޓަގްރާމްގައި ނަހުލާ މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނަހުލާގެ އާއިލާ ތިބީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ައަދި ސަރުކާރުން އަންގާފައިވާ ކޮންމެ އެންގުމަކަށް ބޯލަނބާފައިވާނޭ ކަމަށް ވެސް ނަހުލާ ބުނެފައިވެއެވެ.

ނަހުލާ ވަނީ އޭނާގެ ޕޯސްޓުގައި ހުރިހާ މީހުނަށް މެސެޖެއް ވެސް ދީފައެވެ. އެގޮތުން ކޮންމެ މީހަކު ވެސް އެމީހަކަށް ވައިރަސް ޖެހިދާނެ ކަން ދަނެ އެކަމަށް ސަމާލުވެ ހުރުމަށް ނަހުލާ ވަނީ އެދިފައެވެ.

Advertisement
Allied — Dhen Online (box)

އަދި ކޮންމެ މީހަކީ ވެސް ވައިރަސް ޖެހިފައިވާ މީހެއް ފަދައިން އަމަލު ކޮށް ގޭގައި އުޅޭއިރުވެސް މާސްކު އަޅައި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ނަހުލާ ވަނީ އިލްތިމާސް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް