ޚަބަރު

ޑެލިވަރީގެ ނަމުގައި މަކަރު ހަދާނަމަ މައްސަލަ ރިޕޯޓުކުރޭ: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށް ބުނެ މަކަރު ހަދައިފި ނަމަ 2111 އަށް ރިޕޯޓުކުރަން ފުލުހުން އެދެފި އެވެ.

Ads by STELCO

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ލޮކްޑައުން ކޮށްފައި ވާއިރު، ގޭގައި ތިބެގެން އާއްމުން ބަރޯސާވެފައި ވަނީ ޑެލިވަރީގެ ހިދުމަތަށެވެ.

މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީމި ދަނޑިވަޅުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. ނަވީން އެދިވަޑައިގެންނެވީ އެފަދަ މައްސަލަތައް 2111 އަށް ރިޕޯޓު ކުރުމަށެވެ.

"ޑެލިވަރީ ސާވިސް ކޮށްދިނުމުގެ ބަދަލުގައި މަދު ފަރާތްތަކަކުން އެބަ މަކަރު ހަދައި. އެއްޗެހި ޑެލިވާ ކުރާއިރު ސާމާނު މަދުވުމުގެ އަޑުތައް އެބަ އަރައި. އެހެންވީމަ އެފަދަ ކަމެއް ދިމާވެގެން ރިޕޯޓްކުރާނީ 2111 އަށް،" ނަވީން ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން މާލެ ފުރަބަންދުކޮށްފައި ވާއިރު މިހާރު ފުލުހުން ގެންދަނީ ކޮންމެ ގޭބިސީއަކުން އެކަކު ގެއިން ނިކުތުމުގެ ހާއްސަ ހުއްދައެއް ދޫކުރަމުންނެވެ. އެހުއްދައިގެ ދަށުން ގެއިން ނިކުންނަ މީހުންނަށް ވެސް އުޅެވޭނީ ވަކި ސަރަހައްދުތަކެއްގައެވެ. އެސަރަހައްދުތަކުން ބޭރަށް ހިނގައްޖެނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލޭގައި މިހާރު ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދާތީ ބޭރަށް ނިކުތުމުގެ ހުއްދަ ލިބުނު ނަމަވެސް ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!