ޚަބަރު

ލޯ ޕީކް އެއްގައި ވެސް އާންމު ހާލަތަކަށް ދާން 3 މަސް ނަގާނެ: ޑރ. އަފްޒަލް

ދެން އެމްވީ ، ދެން އޮންލައިން

ލޯ ޕީކް އެއްގައި ވެސް ރާއްޖެ އާންމު ހާލަތަކަށް ދާން ތިން މަސް ދުވަސް ނަގާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވީ އަމާޒަކީ ލޯ ޕީކެއް ގެނައުން ކަމަށާއި ނަމަވެސް އެ ހާލަތުގައި ވެސް ފައްސިވާ ކޭސްތައް ދެމިގެންދާ މުއްދަތު އިތުރުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅާ ފިޔަވަޅުތަކުގެ ސަބަބުން ލޯ ޕީކަކަށް ގެނެވިދާނެ. ނަމަވެސް އެ ހާލަތު މޮނީޓަރިން ސްޓޭޓެއްގައި ނުވަތަ ބައެއް ކަހަލަ އިތުރު ފިޔަވަޅުތައް ދަމަހައްޓައިގެން އެންމެ މަދުވެގެން ވެސް ތިން މަސް ދުވަހަށް ތިބެން ޖެހުން އެކަށީގެންވޭ" ޑރ.އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 84 މީހަކު ވަނީ ފައްސި ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 39 ދިވެހިންނާއި 45 ބިދޭސީންނެވެ. އަދި 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!