ޚަބަރު

ފާޑުކިޔުންތައް އަމާޒުވުމާއެކު ދަށް ފެންވަރުގެ ތަނެއްގައި ކަރަންޓީނު ކުރި ބިދޭސީން އެހެން ތަނަކަށް ބަދަލު ކުރަނީ

ކޮވިޑް19އަށް ފައްސިވީ މީހަކާއި ކޮންޓެކްޓް ވުމާއި ގުޅިގެން ކަރަންޓީނަށް ގެންދިޔަ ބިދޭސީން ގެންދިޔަ ތަނަކީ އިންސާނުން އުޅެން އެކަށީގެން ނުވާ ތަނެއް ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒު ވުމުން އެމީހުން އެހެން ތަނަކަށް ބަދަލު ކުރުމަށް ދަތުރު ކުރަމުން އެބަދެއެވެ.

ވިލިވަރު ކަރަންޓީނުގައި ހުރި މީހަކު ''ދެން''އާއި ވާހަކަ ދައްކަމުން ބުނީ އެތަނުގައި ތިބި 82 މީހުން ގޮވައިގެން ފަތިހު ހަތަރެއް ޖެހިއިރު ލޯންޗެއްގައި ފުރައިގެން ދަތުރު ކުރަމުންދާ ކަމަށާއި އަދި ދާ ވަކި ތަނެއް ނޭނގޭ ކަމަށެވެ.

ކަރަންޓީނު ކުރި ބިދޭސީން ފުރަތަމަ ބޭތިއްބި ތަނުގެ ފޮޓޯތަކާއި ވީޑިއޯ އެތަނުގައި ހުރި މީހަކު ވަނީ ހިއްސާކޮށްފައެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި އެއީ ވަރަށް އާދައިގެ ގޮތަކަށް ޓިނުން ހަދާފައިވާ ތަނެކެވެ.

މި ފެސިލިޓީ ގެ ހާލަތު އާންމުންނާއި ހަމައަށް އައުމުން މިކަމާއި ގުޅިގެން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ މިކަމާއި ގުޅޭ މައުލޫމާތު އެފަރާތަށް އެނގިފައިނުވާ ކަމަށެވެ. އަދި ފާޑު ކިޔުންތައް އަމާޒުވުމާއެކު ޓުއަރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރ ވެސް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން ތައްޔިބު ޝަހީމް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، މިއަދާއި ހަމައަށް ގިނަ ބިދޭސީން ދިރިއުޅެމުން ދިޔައީ އެއް އެނދެއްގައި ހަތަރު ފަސް މީހުން ނިދައިގެން ކަމާ، 10 ފޫޓް 10 ފޫޓް ގެ ކޮޓަރި އެއްގައި ބަނޑަށް ކަމާ، މަރުވަނީ ހާންތިވެގެން ކަމަށެވެ. އަދި މިއަދު ބަޔަކު އެމީހުނާ އަޅާލުމުންވެސް އެކަން ވީ ގޯހަކަށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!