Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފާމަސިސްޓްގެ ޓެސްޓް ހެދުން ލަސްވެ އާއިލާ ހާސްކަމެއްގެ ތެރޭގައި

ކޮވިޑް19 އަށް ރާއްޖެއިން ފައްސިވި ބަނގުލަދޭޝްގެ ފުރަތަމަ މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި ފާމަސިސްޓެއް ކަރަންޓީނަށް ގެންދިޔުން ލަސްވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް އޭނާގެ އާއިލާއިން ހިއްސާކޮށްފިއެވެ.

އެސްޓީއޯގެ ފާމަސީގައި މަސައްކަތް ކުރާ މި ފާމަސިސްޓްގެ އާއިލާއިން މައުލޫމާތު ހިއްސާކުރި އޭނާގެ ކޮއްކޮ މުރުޝިދު ބުނެފައިވަނީ ރާއްޖެއިން ކޮވިޑަށް ޕޮސިޓިވް ބަނގްލަދޭޝްގެ ފުރަތަމަ މީހާ (ކޭސް ނަމްބަރު 32) އާއި ފާމަސިސްޓް މިމަހު 16 ވަނަ ދުވަހު ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށެވެ. އަދި 18 ވަނަ ދުވަހު ބަނގްލަދޭޝްގެ މި މީހާ ޕޮސިޓިވް ވުމާއެކު ޑައިރެކްޓް ކޮންޓެކްޓް ލިސްޓް ދެނެގަނެ 19 ވަނަ ދުވަހު ފާމަސިސްޓްގެ ނަން އެ ލިސްޓްގައި ހިމަނާފައިވާ ކަމަށް މުރުޝިދު ހާމަކޮށްފައިވެއެވެ.

އޭނާ ބުނީ ހަމަ އެދުވަހު އެޗްޕީއޭއާއި ގުޅަން އެތައް މަސައްކަތެއް ކުރިކަމަށާއި އެކަން ކާމިޔާބު ނުވުމުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެޗްޕީއޭއަށް މައުލޫމާތު ހިއްސާކުރި ކަމަށެވެ. އަދި ކޮއްކޮ ޓެސްޓް ކުރުމަށް އަންނާނެ ކަމަށް ބުނެ އެޗްޕީއޭ ޖަވާބު ދިންނަމަވެސް މިއަދާއި ހަމަޔަށް އެމީހުން އައިސްފައި ނުވާ ކަމަށާއި އެހެންކަމަށްވުމާއެކު އާއިލާއެއްކޮށް ދިރިއުޅެމުންދާއިރު ތިބެން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

Advertisement
Allied — Dhen Online (box)

''ބިރުވެރިކަމެއް ނެތި ، ގައުމަށްޓަކައި ގުރުބާން ވަމުންދާ ސިއްޙީ ޚިދުމަތުގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާ މެދު ކަންތައްކުރާ ގޮތަކީ މިއީތޯ؟ މިހެން ހަދަން ހެޔޮވާނެތޯ؟'' އުމުރުން 23 އަހަރުގެ ފާމަސިސްޓް ކުއްޖާއާއި ގުޅޭ ގޮތުން މުރުޝިދު ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް