ޚަބަރު

ސިންގަޕޫރުގެ ބިލިއަނަރަކު ރާއްޖެއަށް 15 ވެންޓިލޭޓަރާއި 100،000 ފޭސް މާސްކް ހަދިޔާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގް ރާއްޖެއަށް 15 ވެންޓިލޭޓަރާއި 100،000 ފޭސް މާސްކް ހަދިޔާކޮށްފި އެވެ.

Ads by Sosun Fihaara

ބެންގްގެ ކުންފުނި ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އަކީ ރާއްޖެއާއި ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ. އެގޮތުން ފޯސީޒަން ކުޑަހުރާ އާއި ލަނޑާ ގިރާވަރު އަދި ގިލި ލަންކަންފުއްޓާއި ހޮލިޑޭއިން ކަނޑޫމާ އަދި ސިކް ސެންސަސް ލާމު ހިންގަމުން ގެންދަނީ އެ ކުންފުނިންނެވެ.

ފޮރިން މިނިސްޓްރީ އިން ބުނެފައިވަނީ އޮންގް ބެންގް ސެންގް ވަނީ ރާއްޖެއަށް 15 ވެންޓިލޭޓަރުގެ އިތުރުން ރާއްޖެއަށް ފޭސް މާސްކްވެސް ހަދިޔާ ކުރައްވާފައި ކަމަށެވެ. އެގޮތުން ރާއްޖެއަށް 100،000 ފޭސް މާސްކް އޭނާ ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އެތަކެތި މިހާރު ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނާ ހަވާލުކޮށްފަ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާގެ ކެޕޭސިޓީ ވަރުގަދަ ކުރުމަށްޓަކައި ތަފާތު މަސައްކަތްކުރަމުންދާއިރު ބޭރުގެ އެކި ފަރާތްތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަދި އެކި ގޮތްގޮތުން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!