ޚަބަރު

ބިދޭސީންތައް ވިލިވަރަށް ގެންދިޔައީ އެތާ ބައިތިއްބާކަށް ނޫން: މަބްރޫކް

ކަރަންޓީން ކުރުމަށް ބިދޭސީންތައް ވިލިވަރަށް ގެންދިޔައީ އެތާ ބައިތިއްބާކަށް ނޫން ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ބިދޭސީން އެތަނަށް ގެންދެވުނީ އެތާގައި ގިނަ ދުވަހު ބައިތިއްބަން ނޫން ކަމަށާއި މިހާރު އޭގެ ތެރެއިން ގިނަ މީހުން ވާނީ އިރުފުއްޓަށާއި ކުޑަ ބަނޑޮސް ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައި ކަމަށެވެ.

އަދި އެތަނަކީ އެފަދަ ގޮތަކަށް މީހުން ބައިތިއްބާފަދަ ގެންދަން ހެޔޮވާވަރު ތަނެއް ނޫން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

" އެތަނުގައި އެމީހުން ބައިތިއްބަން ގެންދިޔައީ އެހާ ގިނަ ވަގުތަކު ނޫން. އެއީ އެ ތަނުގައި މީހުން ބައިތިއްބަން ގެންދާ ވަރު ތަނެއް ނޫން." މަބްރޫކް ވިދާޅުވިއެވެ.

އެތަނަކީ އިންސާނުން ބައި ތިއްބަން ހެޔޮ ވާ ވަރު ތަނެއް ނޫން ކަން ފާހަގަ ކުރައްވަމުން މަބްރޫކް ވަނީ އެކަން އެގޮތަށް ހިނގައިދިޔައީތީ މާފަށް ވެސް އެދިފައެވެ.

ވިލިވަރަކީ ކުރިން ހަދަމުން ދިޔަ ރިސޯޓެކެވެ. ބިދޭސީން ގެންގޮސް ވިލިވަރުގައި ބޭތިއްބީ އޭރުގައި ކޮންސްޓަރކްޝަން ގައި ބޭނުން ކުރި ތަނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!