މި ހާދިސާގައި އެ އިމާރާތަށް އިތުރު ގެއްލުމެއް ވެފައި ނުވާ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ހުޅުމާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ރެއިންފޮރެސްޓް ގޭގައި ކަމަށެވެ. އަދި އެމްއެންޑީއެފްއަށް އެކަމުގެ ރިޕޯޓް ލިބުނީ މިރޭ 18:20 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ އެގޭގައި ބަދިގޭގައި އުދާފައި އޮތް ތަވައެއްގައި ކަމަށާއި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ.
Ads by Allied Insurance