Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބިދޭސީން އުޅޭ ތަންތަނަށް ވަދެ ނުކުތުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބބިދޭސީން ދިރިއުޅޭ ތަންތަނުން ވަދެ ނުކުމެ އުޅުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރި ގޮތުން ބިދޭސީންގެ މެދުގައި މި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން ބަލި ފެތުރުން ކޮންޓްރޯލް ކޮށް ހުއްޓުވުމަށްޓަކައި އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ ބިދޭސީން އެއްކޮށް ދިރިއުޅޭ، ތޮއްޖެހިފައިވާ ތަންތަނަށް މީހުން ވަދެ ނިކުމެ އުޅުން ކޮންޓްރޯލް ކޮށް މޮނިޓާ ކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ފުލުހުން ކުރަމުން އަންނަ ކަން އިޒްމިއާ ފާހަގަކުރެއްވި އެވެ.

Advertisement
Ooredoo — Square (box)

އެގޮތުން މިއަދާ ހަމައަށް ހަ ތަނެއް ފުލުހުން ދަނީ މޮނިޓާ ކުރަމުން ކަމަށް އިޒްމިއާ ވިދާޅުވި އެވެ. އެފަދަ ތަންތަން ފުލުހުން މޮނިޓަރ ކުރަމުންދާއިރު ޒަރޫރީ ބޭނުމެއްގައި ފިިޔަވައިި އެފަދަ ތަންތަނުން މީހުން ނިކުމެ ނޫޅެވޭ ގޮތަށް ހަމަޖައްސާފައިވާކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.

މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން ހަފްތާއެއް ވަނީ ވެފަ އެވެ. މިހާތަނަށް ޖުމްލަ 66 މީހުން މާލެއިން ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް