ޚަބަރު

ކޮވިޑް-19 ދެން މިސްރާބު ޖަހާނީ ރަށްރަކަށް: ޑރ. ފައިސަލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑު މިސްރާބު ދެން ޖަހާނީ ރަށްތަކާ ދިމާލަށް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއާ ޚިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިން ކަމަށާއި ރަށް ރަނގަޅަށް ދަންނާނީ އެބޭފުޅުން ކަމަށެވެ.

"ކޮވިޑު މިސްރާބު ދެން ޖަހާނީ ރަށްތަކަށް. މާލެއާ ޚިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިން. ރަށް ރަނގަޅަށް ދަންނާނީ އެބޭފުޅުން. މި ބަލިން އަރައިގަތުމަށް އެބޭފުޅުން ބާރުވެރި ކުރަންޖެހޭ." ޑރ. ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ކޮވިޑު ކަހަލަ މުޅި ދުނިޔެ ފަތަހަ ކުރަމުންދާ ބައްޔެއް ހުއްޓުމަކަށް ގެނައުމަށް އެންމެ މުހިންމު އެއްޗަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ކަމަށެވެ.

އަި ދިރިއުޅުމުގައި ޢާއްމުކޮށް ކުރާ ކަންތައްތައް ބަދަލުކުރަން ބުނުމުން އެކަމަށް އިޖާބަދެނީ ސަރުކާރުން އެބުނާ ކަމެއް ކުރީމާ ނަތީޖާ ފެންނާނެތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 41 ދިވެހިންނާއި، 45 ބިދޭސީންނެވެ. އަދި 16 މީހަކުވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!