ޚަބަރު

ބިދޭސީން އަނބުރާ ގައުމަށް ގެންދަން ތިން ފްލައިޓެއް ހަމަޖައްސައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގުޅިގެން ދަތުރުތައް ހުއްޓާލާފައި ވާތީ ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ބިދޭސީ މުވައްޒަފުންނާއި ފަތުރުވެރިން އަނބުރާ ގައުމަށް ގެންދިއުމަށް ތިން ފްލައިޓެއް ހަމަޖެހިއްޖެ އެވެ.

Ads by MWSC

އެގޮތުން އިޓަލީގެ ނިއޫސް ފްލައިޓް އާއި ގަރޫޑާ އިންޑޮނޭޝިއާ އެއާލައިންސް ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރަން ހަމަޖެހިފައިވަނީ އޭޕްރިލް 24 ވަނަ ދުވަހު އެވެ. އަދި ފިލިޕީންސް އެއަރލައިން ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 25 ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ، އަދި ޓޫރިސްޓް ޕޮލިސް ގުޅިގެން މި ފަރާތްތައް ފުރުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއާޕޯޓަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލު ވެސް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން އެއާޕޯޓަށް ދަތުރުކުރުމުގެ ހުއްދަ ފުލުހުން ދޭނީ މި ފްލައިޓްތަކުން ޖާގަ ޔަގީންކޮށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް އެކަންޏެވެ. ނަމަވެސް، މި ފަރާތްތައް އެއަރޕޯޓަށް ގެންދާ އުޅަނދުތަކުގެ ފަޅުވެރިންނަށް އެއަރޕޯޓަށް ނުފޭބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ފުރަން އެއާޕޯޓަށް ދަތުރުކުރަން ޖެހޭ ހުރިހާ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީ ފޯރުކޮށްދިނުމަށް ރިސޯޓުތަކާއި، ގެސްޓްހައުސްތައް އަދި ރަށު ކައުންސިލްތަކަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!