ޚަބަރު

ދަނޑުވެރިން ހައްދާ ކަރާ ގަތުމަށް އެސްޓީއޯއަށް ގޮވާލަން: މެމްބަރު ޝަހީމް

ދެން އެމްވީ ، ދެން އޮންލައިން

ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ދަނޑުވެރިން ހައްދާފައިވާ ކަރާ ގަތުމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް އެސްޓީއޯއަށް ގޮވާލައިފިއެވެ.

Ads by Sosun Fihaara

ދަނޑުވެރިން ހައްދާ ތަކެތީގެ ތެރެއިން އެސްޓީއޯއިން މިވަތުތު ގަންނާނީ ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެތި ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ފުޑް ސެކިއުރިޓީ އަށް ބޭނުންވާ ތަކެތީގެ ލިސްޓުގައި ކަރާ ނުހިމެނޭކަމަށެވެ.

މިކަމާ ގުޅިގެން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިއަދު ރާއްޖޭގެ ދަނޑުތަކުގައި ވަނީ އިންތިހާއަށް ކަރާ ހައްދާފައި ކަމަށާއި އެ ކަރާ ގަނެވޭނެ ގޮތެއްހައްދަވާ ދެއްވުމަށް އެސްޓީއޯއަށް ގޮވާލާފައެވެ.

"ދަނޑުވެރިންގެ ވަރަށް ބޮޑު އާދޭހެއް އެއީ. ގިނަ އަދަދަކަށް ދިވެހި ދަނޑުވެރިން ވަނީ ކަރާ ހައްދާފައި. އެހެންވީމަ އެތަކެތި އެސްޓީއޯއަށް ވެސް ބަލައިގަނެވޭނެ ގޮތެއް، ގަނެވޭނެ ގޮތެއް ވެގެން ދިއުމަކީ ނުހަނު ބޮޑަށް އެސްޓީއޯއަށް ވެސް ގޮވާލާ ގޮވާލުމެއް." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވަނީ މިދަނޑިވަޅުގައި ރަށަށް ނުދެވި ތާށިވެފައި ތިބި ދިވެހިންނަށް އިހުސާންތެރިކަން ދެއްކުމަށް ގޮވާލައްވާފައެވެ. އަދި ހުރިހާ ކަމެއް ސަރުކާރު ބޮލަށް ޖެހުމުގެ ބަދަލުގައި އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހެން މީހުން ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!