ސަޢުދީން ދިން ކަދުުރު ބެހުމުގައި ފަޤީރުންނަށް އިސްކަން ދެވޭނެ
1441 ވަނަ އަހަރުގެ ރަމަޟާންމަހަށް ސައުދީއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބެހުމުގައި ފަގީރުންނަށް އިސްކަން ދެވޭނެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކޮށްފިއެވެ.
އެގޮތުން ސައުދީ އިން ހަދިޔާކުރެއްވި ކަދުރު ބެހުމާއި ގުޅޭ ގޮތުން އެ މިނިސްޓްރީ އިން ނެރުނު އިއުލާނު ގައި ވާ ގޮތުން މާލެ ސިޓީ އާއި، އައްޑޫ ސިޓީއާއި ، ފުވައްމުލަކު ސިޓީ އަދި އަތޮޅު ތަކުގެ ރަށްތަކުގައި ވެސް ކަދުުރު ބަހާނީ ، މީހުން ދިރިއުޅޭ ގޭބިސީ ތަކުގެ ތެރެއިން ކަދުރު ބަލާ ހާޒިރުވާ ތަރުތީބުންނެވެ.
އެގޮތުން 2019 ވަނަ އަހަރު ފަގީރުންގެ ދަފްތަރުގައި ރެޖިސްޓެރީ ކޮށްފައިވާ ކޮންމެ ގޭބިސީ އަކަށް 1 ޕެކެޓު ކަދުރު ދޭން ހަމަޖެހިފައިވާއިރު އެއަށް ފަހު ކަދުރު ބަހާނީ ކޮންމެ ގޭބިސީ އަކަށް އެއް ފެކެޓު ކަދުރު ގެ އުސޫލުން އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ކަމުގައި އެ އިއުލާނުގައި ވެއެވެ.
23 އޭޕްރިލް ވަނަ ދުވަހުން ފެށިގެން ކަދުރު ބަހަން ހަމަޖެހިފައިވާއިރު ގޭބިސީ ތަކަށް ކަދުރު ބަހާނީ، ކަދުރާ ހަވާލުވާ ބޭފުޅެއްގެ އައިޑީ ކާޑަށް ބެލުމަށް ފަހުގައެވެ.
މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ކަދުރު ބަހަން ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހައުސިން ޑިވޮލޮޕްމެންތް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ފަރާތްތަކުން ކަދުރު ބެހުމުގެ އިންތިޒާމްތައް ހަމަޖެހުމާއެކު އެކަން އާންމުކޮށް އަންގާ އިއުލާނު ކުރެވިގެންދާނެއެވެ.
ރާއްޖޭގެ ރަށް ރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލްތައް މެދުވެރުކޮށެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 17:00 އަށް ކައުންސިލްތަކުގެ ބޭފުޅަކު ކަދުރާއި ހަވާލުވުމަށް މިނިސްޓްރީ އަށް ވަޑައި ގަތުމަށް އެ މިނިސްޓްރީ އިން އެދިލައްވައެވެ.