ޚަބަރު

ކުޅުދުއްފުށީގައި ކާފިއުއާ ހިލާފުވި މީހަކު ޖޫރިމަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުއާ ހިލާފުވި މީހަކު ޖޫރިމަނާކޮށްފި އެވެ.

Ads by Sosun Fihaara

މިއީ މިގޮތަށް ކުޅުދުއްފުށީން މީހަކު ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ކާފިއުއާ ހިލާފުވި މީހަކު މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެމީހާ ޖޫރިމަނާކޮށްފައިވަނީ ކާފިއުގެ ވަގުތުގައި ހުއްދަ ނެތި ބޭރުގައި އުޅުމުން، ދެ ފަހަރުމަތިން ނަސޭހަތް ދިނުމަށްފަހުވެސް ކައުންސިލްގެ އަމުރަށް ކިޔަމަން ނުވުމުން ކަމަށެވެ.

އެގޮތުން ޖޫރުމަނާކޮށްފައިވަނީ ފިރިހެނެއް ކަމަށާ ފުރަތަމަ ފަހަރުކަމުން އެ މީހާ ޖޫރިމަނާކޮށްފައިވަނީ 500 ރުފިޔާ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކާފިއު ހިންގި ވަގުތުން ފެށިގެން ހުއްދަނެތި ބޭރުގައި އުޅެގެން މިހާތަނަށް 44 މީހަކަށް ފުލުހުން ވަނީ ނަސޭހަތްދީފަ އެވެ.

ކުޅުދުއްފުށީގައި ހިންގަން ފެށި ކާފިއުގެ މުއްދަތު މާދަމާ ހަމަވާއިރު، އެ ސިޓީ ކައުންސިލުން ވަނީ ކާފިއުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފައި އެވެ. އެގޮތަށް ޓާސްކް ފޯސް އިން ކާފިއު ދަށްމާލާފައިވަނީ ކޮވިޑް-19 ފެތުރުދާނެކަމުގެ ނުރައްކާ ބޮޑުވުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!