ޚަބަރު

ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް!

ދެން އެމްވީ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖެއިން ކޮވިޑް ޖެހުމުގެ މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރާފައި މިވަނީ މާލޭގައި ބިދޭސިން ދިރިއުޅޭ ތަނެއް ސްކްރީން ކުރި އިރު 14 މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.

އެގޮތުން މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 108 މީހަކު މި ބައްޔަށް ފައްސި ވެފައެވެ. މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 23 ފައްސި ކޭސް ފެނިފައެވެ. އަދި މިއަދަކީ މިހާތަނަށް މި ބައްޔަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވި ދުވަހެވެ.

ފައްސިވި އެންމެން ވެސް އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައިވާއިރު، މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!