ޚަބަރު

ލޮކްޑައުންގެ ނަތީޖާ ފެންނާނީ 14 ދުވަސް ފަހުން: ޑރ. ނަޒްލާ

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މުޖުތަމައުގެ ތެރޭގައި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވުނުކަން އެނގޭނީ އަދި އިތުރު 14 ދުވަސް ފަހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މި ވަގުތު ފެންނަމުން މިދަނީ މީގެ 2-3 ހަފުތާވަރު ކުރިން ބަލި ޖެހިފައިވާ މީހުން ކަމަށާއި މިހާރު އަަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން އަދި ދެ ހަފުތާ ވަރު ނަގާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން ކުރެވޭނެ ދެން އިތުރު ވަކި ކަމެއް ނެތް ކަމަށާއ ިމި ކަމުގައި "މެޖިކް ބުލެޓެއް" ނެތް ކަމަށެވެ.

"ބަލި ހުއްޓުވަން ކުރަން ޖެހޭ ކަމަކީ ބަލި ހުރެއްޖެ މީހަކު ވިއްޔާ އެ މީހަކު އަވަހަށް ދެނެގަތުން. އެ މީހަކު އަވަހަށް ފުލޫކުނިކަށް ދިއުން. ނުވަތަ ދަންނަ މީހަކު އެގޮތަށް ހުރިއްޔާ ތިބޭފުޅުން ވެސް ރިޕޯޓްކުރައްވަންވީ. ކޮންޓެކްޓް ޓްރޭސިންގައި އަޅުގަނޑުމެންނަށް ފާހަގަވި އެއް ކަމެއް ބަލި ހުރެފައި ވެސް މަސައްކަތަށް ނުކުމެފައިވާކަން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އޮންނަ ކަމަކީ މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް އަޅައި، ބަލި ޖެހިފަ ހުރި މީހަކު އަވަހަށް ދެނެގަނެ، އެމީހަކު އެކަހެރިކުރުން ކަމަށެވެ.

އެގޮތުން މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 108 މީހަކު މި ބައްޔަށް ފައްސި ވެފައެވެ. މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 23 ފައްސި ކޭސް ފެނިފައެވެ. އަދި މިއަދަކީ މިހާތަނަށް މި ބައްޔަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވި ދުވަހެވެ.

ފައްސިވި އެންމެން ވެސް އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައިވާއިރު، މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!