ޚަބަރު

ރޯދައާއި ގުޅުންހުރި ކަމަކާއި ސުވާލެއް އުފެދޭނަމަ އެކަން ސާފުކޮށްލުމަށް ފަސޭހަ މަގެއް

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާންމަސް އަހަރެމެންނާއި މި ބައްދަލުކުރީ ވަރަށް ހިތާމަވެރި އަދި ދަތި ޙާލަތެއްގައެވެ.

Ads by Sosun Fihaara

މި ޙާލަތުގައި ރޯދައާއި ނަމާދުގެ ކަންކަމުގައި ވެސް އަހަރެމެންނަށް ދިމާވެފައި އޮތީ ހިތާމަވެރި ގޮތެކެވެ. މިސްކިތްތަކުގެ ފަރުޟު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާޢަތެއް ނެތެވެ. ބައެއް މީހުން ރޯދައަށް ތިބޭއިރު ލޭ ނެގުމާއި ކޮވިޑަަށް ޓެސްޓް ކުރުމުގެ ކަންކަން ވެސް ދިމާވާނެއެވެ.

މިފަދަ ކަންކަމުގައި ވެސް ޢާންމުންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. މިފަދަ ކަންކަމާއި ރޯދައާއި އަދި ރޯދަމަހުގެ އަޅުކަމާއި ގުޅޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ޑރ.މުޙައްމަދު ޢިޔާޟް ޢަބުދުއްލަތީފް ހުންނެވީ ތައްޔާރަށެވެ. އިސްލާމިކް ނޮލެޖް ވައިބަރ ގުރޫޕްތަކުގައި އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ކޮންމެ ދުވަހަކު ވެސް އެތައް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރަމަޟާން މަހާއި ގުޅޭ ސުވާލުތަކަށް ޖަވާބު ހޯއްދެވުމަށާއި މައުލޫމާތު ހޯއްދެވުމަށް މި ގުރޫޕާއި ގުޅި ވަޑައިގަންނަވާށެވެ.
https://t.me/joinchat/POUw_x1gjOk9bfdKr-9bug

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!