ޚަބަރު

23 ފައްސި އާއެކު 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ފައްސި އިއްޔެ!

ދެން އެމްވީ ، ދެން އޮންލައިން

ބުރާސްފަތި ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް ރިޕޯޓްކުރެވުނު 23 މީހުންނާއެކު، އިއްޔެއަކީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބަޔަކު ޕޮޒިޓިވްވީ ކަމަށް ރިޕޯޓްކުރެވުނު ދުވަހެވެ. މިއަދު މިހާތަނަށް އިތުރު ދެ މީހަކު މިބައްޔަށް ފައްސިވެފައިވާ. ކަމަށްވަނީ ރިޕޯޓްކޮށްފައެވެ

Ads by MWSC

އިއްޔެ އެކަނި ވެސް މާލެއިން 23 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު އޭގެ ތެރޭގައި އެއް ތަނެއްގައި ދިރިއުޅެމުން ދިޔަ 14 ބިދޭސީން ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވަނީ ވެސް އިއްޔެ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ފައްސިވި އެންމެން ވެސް އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައިވާއިރު، މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!