ވިޔަފާރި

ކާރާއި ސައިކަލު ބޭނުން ގޮތަކަަށް ރީތި ކޮށްލަން ބޭނުންތަ؟ މޮޓޯ ސްޓޮޕް އަށް ޖައްސާލަބަލަ!

މަރްޔަމް ވަޙީދާ

ކާރާއި ސައިކަލު ފަދަ އަގުބޮޑު އެއްޗިއްސަކީ ކޮންމެ މީހަކު ވެސް ނުހަނު ލޯތްބާއެކު ގެންގުޅޭނެ އެއްޗެހި ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ބައެއް މީހުންނަކީ އެމީހުންގެ ސައިކަލާއި ކާރު އިތުރަށް ރީތި ކުރުމަށް އެއުޅަނދެއް ގަންނައިރު ހުންނަ ގޮތް ނޫން ގޮތަކަށް ބަދަލު ވެސް ކޮށްލާ، ރީތި ގޮތްގޮތަށް ޕެއިންޓު ކޮށްލާ ސްޓިކާ ވެސް ޖަހާ މީހުންނެވެ.

އެފަދަ ފަރާތްތަކަށް "މޮޓޯ ސްޓޮޕް" އަކީ ދާން ވަރަށް ރަނގަޅު ފިހާރައެކެވެ.

ކާރާއި ސައިކަލުގައި ސްޓިކާ ޖަހާލަ ދެނީ، އެމީހަކު ބޭނުން ގޮތަކަށް، ނުހަނު ހެޔޮ އަގުގައެވެ.

މޮޓޯ ސްޓޮޕް ގެ ފަރާތުން "ދެން" އަށް މައުލޫމާތު ދެމުން އެތަނުގެ އިސް ފަރާތެއް ކަމުގައިވާ މުހައިމިން ބުނީ ކާރާއި ސައިކަލު އިތުރަށް ރީތިކުރަން ސްޓިކާ ޖެހުމަކީ ރާއްޖޭގައި އެމީހުން އަލަށް ފެށި ކަމެއް ކަމަށެވެ.

"ކަސްޓަމަރުން ބޭނުން ޑިޒައިނަކަށް ކަސްޓަމައިޒް ކޮށްގެން ސްޓިކާ ހަދާލެވޭނެ. އަގުތައް ވެސް ހުންނާނީ ކަސްޓަމަރުންނަށް ފަސޭހަ ވާނެ ގޮތަކަށް. ފުރަތަމަ 500 ރުފިޔާގެ އެޑްވާންސެއް ދައްކާލީމަ ސްޓިކާ ތައްޔާރު ކޮށްފަ، ސްޓިކާ ޖަހަން ސައިކަލު ނަގާފަ އޭގެ މަަސައްކަތް ނިންމުނީމަ ބެލެންސް ދައްކަން ޖެހޭނީ ވެސް" މުހައިމިނު ބުންޏެވެ.

މީގެއިތުރުން މުހައިމިން ބުނީ، ސްޓިކާ ޖަހައިދިނުމުގެ އިތުރުން، އަލަށް ނަގާ ކާރާއި ސައިކަލުފަދަ ތަކެތީގައި ކޫރުން ނޭޅި، އާކޮށް ބެހެއްޓުމުގެ ގޮތުން "ޕްރޮޓެކްޝަން ޕީޕީއެފް" އެއް ވެސް އަޅުވައިދޭ ކަމަށެވެ.

"އޭތި އެޅީމަ ކޫރުމެއް އެޅުނަސް އެޅޭނީ އެލޭޔަރ ގައި. ކާރަކަށް ނުވާނެ ގޮތެއް. ޓްރާންސްޕޭރެންޓް އެއްޗެއް އެއީ. ސްޓިކާ މަތިން ވެސް އަޅާލެވޭނެ" މުހައިމިން ބުންޏެވެ.

މޮޓޯ ސްޓޮޕް ވޯކްޝޮޕް ހުންނަނީ ހުޅުމާލޭ "ރޫޓް" އާއި ޖެހިގެން އޮންނަ ގޯޅީގައި، ލޮޓް ނަންބަރ 10574، ހަނދުވަރީ ހިނގުން 01 ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!