ޚަބަރު

ބްރައިޓް މައިންޑްސް ޓިއުޝަން ސަރވިސަސްގެ ދަރިިވަރުންނަށް ރަމަޟާން މަހުގެ ފީ ހިލޭ

ދެން އެމްވީ ، ދެން އޮންލައިން

ޓިއުޝަން ސަރވިސްގެ ޚިދުމަތް ދެމުންދާ ، ބްރައިޓް މައިންޑްސް ޓިއުޝަން ސަރވިސަސްގެ ދަރިވަރުންގެ ފީ ރަމަޟާން މަހަށް މައާފް ކޮށްދީފިއެވެ.

Ads by MWSC

''ދެން''އަށް މައުލޫމާތު ދެއްވަމުން އެ ސަރވިސްގެ ފައުންޑަރ އަލީ އަފްލާޙް ބުނުއްވީ ކޮވިޑް19 އާއި ގުޅިގެން ސްކޫލުތައް ބަންދުވެ ޓެސްޓުތައް ފެށޭނެ އިރެއް ނޭނގި، ގިނަ ކުދިން ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި އެ ސަރވިސްއިން ރޯދަ މަހުގެ ފީ މަޢާފް ކޮށްދިނުމަށް ނިންމީ މިހާލަތުގައި ދަރިވަރުންނަށް ލުޔެއް ދިނުމަށް ކަމަށެވެ. އަފްލާޙް ބުނުއްވީ އެ ސަރވިސް އިން އެޅި މި ފިޔަވަޅާއެކު މިހާރު ހިންގަމުންގެންދާ އޮންލައިން،ފްރީ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައި ކަމަށާއި ފުރަބަންދުގައި ތިބޭއިރު ވީހާވެސް ގިނަ ކުދިން މި ކްލާސްތަކުގައި ބައިވެރިވުމަށް މަރުޙަބާ ކިޔާ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށް އެއްވެ އުޅުން މަނާކުރުމާއެކު ބުރައިޓް މައިންޑްސް ސަރވިސްގެ ޓިއުޝަން ވެސް ވަނީ އޮންލައިން ކޮށް ކުރިއަށް ގެންދަން ފަށާފައެވެ. އެގޮތުން ޒޫމް މެދުވެރިކޮށް ނަގައިދޭ ވީޑިއޯ ކްލާސްތަކުގެ އިތުރުން ގިނަ ކުދިންނަށް ބައިވެރިވެވޭނެ ހެން، ލައިވް ކޮށް ކުރިއަށް ގެންދާ ކިޔު އެންޑް އޭ ވައިބަރ ގްރޫޕްތަކެއް ވެސް އެ ސަރވިސްއިން ކުރިއަށް ގެންދެއެވެ.

ބްރައިޓް މައިންޑް ޓިއުޝަން ސަރވިސްއަކީ ގްރޭޑް 9 އަދި 10 ގެ ދަރިވަރުން އޯލެވެލް އަދި އައިޖީސީއެސްއީ އިމްތިހާނު ތަކަށް ތައްޔާރުކޮށްދިނުމުގައި ނަން ހިނގާ ސަރވިސްއެކެވެ. ފާއިތުވި އަހަރު މި ސަރވިސްއިން ޓިއުޝަން ނެގި ދަރިވަރުންގެ ތެރެއިން 95 އިންސައްތަ ދަރިވަރުން ވަނީ ފާސް ގްރޭޑްތައް ހާސިލްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!