ޚަބަރު

އަތޮޅުތެރޭ ކޮވިޑް19 އުޅޭތޯ ޓެސްޓް ހެދުމަށް އުސޫލެއް ކަނޑައަޅައި އަމަލުކުރަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

އަތޮޅުތެރޭގައި ކޮވިޑް19 އުޅޭތޯ ބެލުމަށް އުސޫލެއް ކަނޑައަޅައި، އެ އުސޫލަށް އަމަލު ކުރަންފަށައިފި އެވެ.

Ads by MWSC

އެޗްޕީއޭ އިން އާންމުކޮށްފައިވާ މި އުސޫލުގައި ވާ ގޮތުން މާލޭ ސަރަހައްދުން އަތޮޅުތެރެއަށް ގޮސްފައިވާ މީހެއް އަދި ރިސޯޓަކުން އަތޮޅު ތެރެއަށް ގޮސްފައިވާ ފަރާތެއް އެ ރަށަަކަށް ދިޔަތާ 14 ދުވަހުގެ ތެރޭގައި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، އޭނާގެ ޓެސްޓު ހަދައި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހެއްގެ ޑައިރެކްޓު ކޮންޓެކްޓުން ގޭގައި ކަރަންޓީނު ކުރަންވާނެއެވެ.

އަދި ރަށުގައި އުޅޭ އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ، އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވެންދެން އެމީހަކު ބަހައްޓަންވާނީ ރަށުގައި ހަދާފައިވާ އައިސޮލެޝަން ފެސިލިޓީއެއްގައި ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ އޭނާގެ ޑައިރެކްޓު ކޮންޓެކްޓުން ކަރަންޓީނު ފެސިލިޓީއަކަށް ގެންދެވެންދެން ގޭގައި ނުވަތަ ރަށުގައި ކަނޑަައަޅާފައިވާ ތަނެއްގައި އެކަހެރިކުރަންވާނެ ކަމަށް އުސޫލުގައި ވެއެވެ.

އެ އުސޫލުގައިވާ ގޮތުން އަތޮޅުތަކުގައި ކޮންޓެކްޓް ޓްރޭސިން ހެދުމާއި ކަރަންޓީނުގައި އަމަލުކުރަންޖެހޭ އުސޫލަށްވެސް މީހުން ތަމްރީނު ކުރަންޖެހޭނެކަމަށާއި ޕީޕީއީ އެޅުމާއި އެތަކެތި ބޭލުމާ ގުޅޭ ރަނގަޅު ތަމްރީނު ދޭންޖެހެއެވެ.

މީގެ އިތުރުން ބަލީގެ އަލާމާތް ނުފެންނަ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ ފަރާތްތަކެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ވެސް އަންގާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

ރަށުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކު
ގިނަ މީހުންނާއި ބައްދަލުވާ ފަރާތްތައް
ފިހާރަތަކުގައި މަސައްކަތް ކުރާ ކޮންމެ 10 މީހުން ކުރެ އެކަކު
ފެރީ ތަކުގައި މަސައްކަތް ކުރާ ކޮންމެ 10 މީހުން ކުރެ އެކަކު
ހޮޓާ، ރެސްޓޯރެންޓް ތަކުގައި މަސައްކަތްކުރާ ކޮންމެ 10 މީހުންކުރެ އެކަކު
އެ ރަށެއްގައި މަސައްކަތްކުރާ ސިއްހީ ފަންނީ ހިދުމަތްތެރިންގެ 1 ޕަސެންޓް މީހުން

ރަށުގައި އުޅޭ ބިދޭސީންގެ ލިސްޓެއް ނެގުމަށް އުސޫލުގައި ބުނެފައިވާއިރު ބިދޭސީން ގެ ތެރޭގައި ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތައް ދެނެގަތުމަށް އެމީހުން އުޅޭ ހިސާބަށް ދިއުމާއި، ރޯގާގެ އަލާމާތްތައް ހުރި ބިދޭސީން ރަށުތެރެއިން ގިނަ އަދަދަކަށް ފެނިއްޖެނަމަ، އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!