ޚަބަރު

މިހާތަނަށް ފައްސިވެފައި ވަނީ 104 ދިވެހިންނާއި 152 ބިދޭސީން!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން މިހާތަނަށް 104 ދިވެހިންނާއި 152 ބިދޭސީން ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕިއޭއިން ދެންމެ ބުނީ މިއަދުގެ މިހާތަނަށް އިތުރު ހަ މީހަކު ފައްސިވެފައިވާ ކަމަށާއި އެއީ ފަސް ދިވެހިންނާއި ޕާކިސްތާނު މީހެއްް ކަމަށެވެ.

އެެހެން ކަމުން ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 256 އަށް އަރާފަ އެވެ.

ރާއްޖެއިން ފައްސިވި 152 ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެ ގައުމުގެ 114 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެ ގައުމުގެ 17 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

ދެން ހިމެނެނީ ސްރީލަންކާގެ ދެ މީހުންނާއި ޕާކިސްތާނުގެ ތިން މީހެކެވެ. ޕާކިސްތާނުގެ އަދަދު ތިނަކަށް އެރީ މިއަދު ފައްސިވި މީހާއާ އެކުގައެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ އަންހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. އެ ބަލި ރާއްޖެއިން ޖެހުނު އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!