ޚަބަރު

އިތުރު 8 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 277 އަށް އަރައިފި

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 8 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 277 އަށް އަރައިފިއެވެ.

Ads by STELCO

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި 8 މީހުންނާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ އަދަދު 277 އަށް އަރާފައިވާ ކަމަށެވެ.

މިއަދު އެކަނި ވެސް މި ބައްޔަށް ރާއްޖެއިން ވަނީ 27 މީހަކު ފައްސިވެފައެވެ.

މި ބައްޔަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި، 152 ބިދޭސީން ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިއަދު ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ.

މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ލޮކްޑައުން އިއުލާންކުރީ، މި މަހުގެ 15 ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ފައްސިވުމާ ގުޅިގެންނެވެ. އެ ކޭސް އަށްފަހު ކޮންމެ ދުވަހަކުވެސް މާލެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!