ޚަބަރު

އަމާޒު ބޯޓު ކޭސްއާ ގުޅިގެން 13 މީހެއްގެ ފަރާތުން އަލާމާތްތައް ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އަމާޒު ބޯޓު ކޭސްއާ ގުޅިގެން 13 މީހެއްގެ ފަރާތުން އަލާމަތްތައް ފެނިއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓު ކޭސްއާ ގުޅިގެން 118 މީހަކު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މީހުންގެ ތެރެއިން 36 މީހުންނަކީ ހައި ރިސް ކޮންޓެކްޓުން ކަމަށާއި އޭގެ ތެރެއިން 13 މީހުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކޭސްއާ ގުޅިގެން ޓެސްޓު ކުރެވުނު މީހުންގެ ތެރެއިން ވެސް ދެ މީހަކު ނައްސިވެފައިވާ ކަމަށް ޑރ. ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓު ކޭސްއާ ގުޅިގެން ރ. އިނގުރައިދޫ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ނަރުދޫން މިހާތަނަށް 8 މީހަކު ވަނީ ފައްސިވެފައިވާ އިރު، އެ އަތޮޅު މިލަންދޫއިން ވެސް މީހަކު ވަނީ ފައްސިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!