ވިޔަފާރި

މީޑިއާއަށް ލޯނެއް ތައާރަފު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން، މީޑިއާތަކަށް ހާއްސަ ލޯނެއް ތައާރަފް ކޮށްފިއެވެ.

އެ ކޯޕަރޭޝަން އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 އިގެ ބަލިމަޑު ކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދޭން ކުރަމުންދާ މަސައްކަތުގެ ތެރެއިން މީޑިއާ ތަކަށް އަމާޒު ކޮށްގެން ހާއްސަ ލޯނެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ހިންގަމުންދާ ނޫސްތަކަާއި، ޓީވީ ޗެނަލް ތަކުގެ އިތުރުން ރޭޑިއޯތަށް ވެސް ހިމެނެއެވެ.

"ކޮވިޑް-19 ވިޔަފާރި އެހީ - މީޑިއާ ޕެކޭޖް" ނަމުގައި ތައާރަފުކޮށްފައިވާ މި ލޯނަކީ ލޯން ދޫކުރަނީ ހަތަރު ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ހަ އަހަރު ދުވަހުން ދައްކަން ޖެހޭ ގޮތަަށެވެ.

ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ލޯނުގެ ޝަރުތު ތަކުގެ ތެރޭގައި މިހާރު އޮތް ހާލަތުގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވުން ހިމެނެއެވެ.

ލޯނަކީ މީޑިއާ އިދާރާތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖައްސައިދިނުމާއި އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒު ކޮށްގެން ތައާރަފު ކޮށްފައިވާ ލޯނެއް ކަމަށް ވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން ހާމަކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!