ދުނިޔެ

ﷲއަށް ޙަމްދު ހުރި، މިލިއަނަކަށްވުރެ ގިނަ މީހުނަށް ކޮވިޑް-19 އިން ޝިފާ ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑް-19 ޖެހުނު އެއް މިލިއަނަށްވުރެ ގިނަ މީހުނަށް މި ބަލިން ޝިފާ ލިބިއްޖެއެވެ. ޖޯންސް ހޮޕްކިންސް ޔުނިވަސިޓީއިން އިން އިއްޔެ ހެދުނު ހާމަ ކުރި ގޮތުގައި 1،093،183 މީހުންވަނީ މި ބަލިން ރަގަޅު ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އެމެރިކާގެ 153،000 މީހުނާއި ޖަރުމަނުގެ 123،000 މީހުންގެ އިތުރުން ސްޕެއިންގެ 112،000 މީހުން ހިމެނެއެވެ.

Ads by Sosun Fihaara

ބަލި ޖެހިގެން މިހާތަނަށް 230،000 މީހަކު ވަނީ މަރުވެފައެވެ. މީގެތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އެމެރިކާއިންނެވެ. މި އަދާހަމައަށް އެމެރިކާގެ 65،886 މީހުން މި ބަލީގައި މަރުވި ކަމަށް ރެކޯޑް ކުރެވުނު އިރު ދެވަނައަށް އެންމެ ގިނަމީހުން މަރުވި އިޓަލީ އިން 28،236 މީހުންވަނީ މަރުވެފައެވެ. އިނިރޭސި ވިލާތަކީ ތިންވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. މި ގައުމުން 27،510 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވެއެވެ.

ތަފާސްހިސާބު ތައް ދައްކާ ގޮތުން މި ބަލި ޖެހޭ ގިނަ މީހުން ބަލިން ރަގަޅުވެއެވެ. އަދި ގިނަ މީހުނަށް ބަލީގެ މާބޮޑު ޢަލާމާތެއް ނުވެސް ފެނެއެވެ. ނަމަވެސް މިއީ އަވަށް ފެތުރޭ ބައްޔަކަށް ވެފައި ބައްޔަށް ފަރުވާއެއް އަދި ވެކްސިނެއް ހޯދިފައި ނުވުމުން މިއީ ނުރައްކާތެރިކަން ބޮޑު ބައްޔެކެވެ. މިބަލި ޖެހޭ ބައެއްމީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނުމަކީވެސް މި ބަލި އަވަހަށް މީހުންގެ ތެރެއަށް ފެތުރެން ދިމާވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ޞިއްޙީ މާހިރުން ފާހަގަ ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!