މުނިފޫހިފިލުވުން

ސުނީތާގެ އަޑުން އިލާހީ މި ބިން: ވަރަށް ޗާލު

ދެން އެމްވީ ، ދެން އޮންލައިން

މި ދުވަސްވަރު އެންމެ ގަދައަށް ދިވެހިންގެ ތެރެއިން އިވެމުންދާ އެއް ލަވައަކީ " އިލާހީ މި ބިން" މި ލަވައެވެ. މި ލަވައަކީ އުނދަގުލު ގެ ވަގުތު ގައި ގިނަ ބަޔަކަށް ހަމަޖެހުން ގެނުވައިދޭ ލަވައެކެވެ.

Ads by MWSC

މި ލަވައިގެ މަގްބޫލުކަން އިތުރުވެފައިވާ ދުވަސްކޮޅެއްގައި ދިވެހިންގެ ތެރޭގައި ސުނީތާ އަލީ ވެސް މި ވަނީ އޭނާގެ އަޑުން މި ލަވަ ކިޔައި އާންމުކޮށްފައެވެ. ސުނިތާގެ ފޭސްބުކު އެކައުންޓުގައި އޭނާ ލަވަކިޔައި އާންމުކުރި ވީޑިއޯ އަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބިފައެވެ.

އަދި ގިނަ ބަޔަކު ވަނީ ފޭސްބުކު ކޮމެންޓުތަކުގައި ސުނީތާ ކިޔާފައިވާ ލަވައިގެ ފުރިހަމަކަން ފާހަގަކޮށްފައެވެ. އަދި ސުނީތާގެ އަޑުގެ ހިތްގައިމުކަން ވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ.

ސުނީތާގެ ދެ ހާހަށް ވުރެ ގިނަ ފޭނުން މި ވީޑިއޯ ބަލާފައިވާއިރު ގިނަ ބަޔަކު މި ވީޑިއޯ ޝެއަރ ކުރި ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ILAAHEE Mi BIN ! SUNEETHA ALI STAY SAFE STAY HOME!

Posted by Suneetha Ali on Saturday, May 2, 2020

"އިލާހީ މި ބިން" ލަވަޔަކީ މީގެ ތިރީސް އަހަރު ކުރިން ޅެންވެރިޔާ، އަބްދުއްރަޝީދު އޭނާގެ އަންހެން ދަރިފުޅު ލަވަ މުބާރާތުގައި ކިޔުމަށް ހައްދަވައިދެއްވި ޅެމެކެވެ. އަބްދުއްރަޝީދު މި ލަވައިގެ ޅެން ގުޅުވާފައިވަނީ ނޮވްމެބަރު ތިނެއްގެ ހާދިސާއާއެވެ

އޭގެ ފަހުން މިވީ 30 އަހަރުގެ ތެރޭގައި ވެސް މި ލަވަ އަކީ ތުރާތަކާއި ދަތިތަކުގެ ވަގުތު ﷲގެ ހަޒްރަތުގައި ދިވެހިން ދަންނަވާ ދުއާއެއް ފަދަ ލަވައެކެވެ.

މީގެ ކުރިން މިލަވައިގެ ކަވާއެއް މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި މާއިން ރަޝީދު އަދި ޅެންވެރިޔާ ނަސްމާ އަބްދުލްމުހުސިން (ނައްކޮ) ގެ އަޑުން ރެކޯޑްކުރި އެވެ. މީގެ ތެރެއިން ނައްކޮ އެ ލަވަ ކިޔާފައިވަނީ އަބްދުއްރަޝީދުގެ އުފަން ރަށް މ. ދިއްގަރުގައި މި އަހަރު ބޭއްވި ޅެންވެރިންގެ ދުވަހު އޭނާ އަށް ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.

އަދި މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނަށް ޝުކުރު އަދާކޮށް، ހާލަތުގެ ދުއާއެއްގެ ގޮތުގައި، މުހައްމަދު އާސިފް (މޮންދު) ވެސް ވަނީ މި ލަވައިގެ ހާއްސަ ވީޑިއޯއެއް ހައްދަވައި ސޯޝަލް މީޑިއަށް ދޫކޮށްލައްވައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!