ލައިފްސްޓައިލް

އެމެރިކާގެ ލަވަކިޔުންތެރިޔާ އިސްލާމްވުމަށްފަހު ޤުރްއާން ކިޔަވާ އަޑު އިވުމުން އަރަބިންވެސް ކޮސްވެފައި

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ލަވަކިޔުންތެރިޔާ ޖެނިފަރ ގްރޯޓް އިސްލާމްވީ 2013 ވަނަ އަހަރު އެވެ. 2014 ވަނަ އަހަރާއި ހަމައަށް ޖެނިފަރ އުޅުނީ އެކަން އޭނާގެ އާއިލާއަށްވެސް ސިއްރުކޮށްގެންނެވެ.

Ads by MWSC

ޖެނިފަރ އިސްލާވި ގޮތާއި ބެހޭގޮތުން އަލްޖަޒީރާއާ ވާހަކަ ދައްކަމުން އޭނާ ބުނީ، 2012 ވަނަ އަހަރު ކެނެޑާގެ މެކްގިލް ޔުނިވަރސިޓިއިން ގްރެޖުއޭޓްވުމަށް ފަހު ހޫނު މޫސުމުގެ ޗުއްޓީގައި މޮރޮކޯއަށް ދިޔަ ކަމަށާއި އަދި މޮރޮކޯގެ ތަފާތުކަން ފެނި މޮރޮކޯއަށް ލޯބިޖެހުނު ކަމަށެވެ.

ޖެނިފަރ ބުނީ އެއްވަގުތެއްގައި ހުރިހާ މިސްކިތެއްގައި ބަންގި ގޮވާއަޑުއިވިފައި އޭނާ ހައިރާންވިއެވެ. މޮރޮކޯ މީހުންގެ ހިތްހެޔޮކަމާ މެހެމާންދާރީ އަދާކުރުމުގެ ސިފަފެނިފައި، އެއީ އިސްލާމް ދީނުގެ ރިވެތި އާދަ ތަކުގެ ތެރެއިންވާ ކަމެއް ކަން އެނގުމުން އިސްލާމްދީނާއި ބެހޭގޮތުން ކަންކަން އޮޅުންފިލުވަން ބޭނުންވިއެވެ.

2010 ވަނައަހަރުން ފެށިގެން ޖެނިފަރ ކީރިތި ޤުރްއާން އަޑުއަހައެވެ. އޭރުވެސް ވަރަށް ފަރިތަކަމާއެކު ޖެނިފަރ ކީރިތި ޤުރްއާން ކިޔަވާ ވީޑިއޯއެއް އާންމުވިއެވެ.
ފަހުންވެސް ޖެނިފަރ ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތައް ކިޔަވާ އަޑުއިވުމުން އަރަބިން ވެސް ހައިރާންވެއެވެ. ސަބަބަކީ އަރަބި ބަހުން ވާހަކަ ދައްކާގައުމުތަކުގައި އުޅޭމީހުނާ އެއް ހަމަ އެއްގައި އަރަބިބަސްތަކުގެ މަޚްރަޖާއި އަޑުތައް ގެންގުޅޭތީއެވެ.

ދުނިޔޭގެ ކޮންމެ ގައުމަކަށް ނިސްބަތްވިޔަސް ވަރަށް ރީތިކޮށް ކީރިތި ޤުރްއާން ކިޔަވާ މީހުންގެ އަޑު އިވެއެވެ. އަދި ހަމަ އިވުމާއި އެކު އެއީ ކޮން ގައުމަކަށް ނޫނީ ސަރަހައްދަކަށް ނިސްބަތްވާ މީހެއްކަން ބުނުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ކޮންމެ ބަހަކުން ވާހަކަ ދެއްކިޔަސް އުޅެބޮޑުވާ ހިސާބެއްގެ ނުފޫޒު ބަސްތަކަށް ފޯރާފައި ހުރެއެވެ. ނަމަވެސް ޖެނިފަރގެ އަޑުގައި އެމެރިކާގެ އެއްވެސް ސިފައެއް ނެތުމުން ގިނަބަޔަކު މިކަމަށް ތަޢުރީފްކުރެއެވެ.

ފަހުން ޖެނިފަރ ވަނީ މޮރޮކޯ މީހަކާ ކައިވެނިވެސް ކޮށްފައެވެ. އަދި ލިބުނު އަންހެން ދަރިފުޅަށް އަރަބި ނަމެއް ދިން ސަބަބުވެސް ޖެނިފަރ ކިޔާދިނެވެ. ދަރިފުޅަށް ޤަމަރު (ހަނދު) ކިޔަން ޖެހުނީ މާބަނޑު ދުވަސްވަރު ހަނދާއި ގުޅިފައިވާ ބައެއް ކަންކަން ފާހަގަ ވެފައި ވުމުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!