ދުނިޔެ

ލޮކްޑައުން ދިގުދެމިގެންދާނަމަ އާއިލާ ރޭވުމެއް ނެތި 7 މިލިއަން އަންހެނުން ބަލިވެ އިނދެފާނެ-ޔޫއެންއެފްޕީއޭ

ދެން އެމްވީ ، ދެން އޮންލައިން

އދގެ އާއިލާއާއި ބެހޭ އިދާރާއިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި ގާއިމްކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 6 މަހަށް ދިގު ދަންމައިފިނަމަ، އާއިލާ ރޭވުމެއްނެތި ބަލިވެ އިންނަ އަންހެނުންގެ އަދަދު ހަތް މިލިއަނަށް އަރާފާނެއެވެ.

Ads by WAMCO

މިއީ ލޮކްޑައުންގެ މުއްދަތުގައި ލިބޭ އަނިޔާގެ މައްސަލަތައް ބަލާ އެމީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގި ސަރވޭއަކަށްފަހު އެއިން ލިބުނު ނަތީޖާއެވެ. އަނބިން އެމީހުންގެ އަނިޔާވެރި ފިރިންގެ ގާތުގައި ބަންދުވެފައި ތިބެން ޖެހުމުން، ކޮންމެ 3 މަހަކުން 15 މިލިއަން މީހުންނަށް ފިރިންގެ ޖިންސީ އަދި ޖިސްމާނީ އަނިޔާ ލިބެއެވެ.

މެދުމިނަކަށް އާމްދަނީ ލިބޭ 114 ގައުމެއްގައި ދިރިއުޅޭ 47 މިލިއަން އަންހެނުންވަނީ އެމީހުންގެ ފިރިންގެ ޖިންސީ އަނިޔާއަށް ހުށައެޅިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދޭތެރެ ދުރުކުރުމުގެ ޒަމާނީ ވަސީލަތެއް ނުލިބި، ބޭނުން ނުވެ ތިއްބާ ގިނަ އަދަދެއްގެ އަންހެނުން މާބަނޑުވެދާނެ ކަމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ލޮކްޑައުންގެ ސަބަބުން ޖިންސީ ތަފާތުކުރުންތައް ދަނީ ގިނަ ވަމުންނެވެ. އަދި މިކަމުގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންނަށް ޖިސްމާނީ އަދި ސިއްޙީ ރައްކާތެރިކަން ނުލިބި އެކުދިން ވަނީ ނުރައްކަލުގެ ތެރޭގައެވެ. އަންހެނުންނާއި ކުޑަކުދިންނަށް ލިބޭ އަނިޔާއާ ބެހޭގޮތުން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހުއްޓުމަކަށް އައިސް އޭގެ ސަބަބުން އިތުރު ނިކަމެތިކަން އަންހެނުންނަށް ލިބޭނެކަމަށް ވެސް މި ދިރާސާގައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!