މުނިފޫހިފިލުވުން

ސަނީ ލިއޯން ލޮކްޑައުން ގައި ހަމަަ ކުރަހަނީ

ދެން އެމްވީ ، ދެން އޮންލައިން

އެކި މީހުން ލޮކްޑައުން ގައި ގޭގައި ވަގުތު ހޭދަކުރަނީ އެކި ގޮތަށެވެ. އެގޮތުން ސަނީ ލިއޯން މިވަނީ އޭނާ ލޮކްޑައުން ގައި ވަގުތު ހޭދަކުރަމުން އަންނަ ގޮތް ފޭނުންނާ ހިއްސާ ކޮށްފައެވެ.

Ads by Sosun Fihaara

ސަނީ ލިއޯން އިންސްޓަގްރާމް ގައި ހިއްސާ ކުރި ޕޯސްޓެއްގައި އޭނާ ވަނީ ލޮކްޑައުން ގައި ގިނަވަގުތު ހޭދަ ކުރަނީ ކުރެހުމުގައި ކަން ހާމަކޮށްފައެވެ. އެގޮތުން އޭނާ މިކަން ކުރަނީ ފިރިމީހާ އާއި ދަރިން ވެސް ބައިވެރިކޮށްގެނެވެ.

ސަނީ ހިއްސާކުރި ވީޑިއޯ ގައި ފެންނަ ގޮތުގައި ބޮޑު ކަންވާސް އެއްގައި އޭނާގެ ފިރިމީހާ އާއި ތިން ދަރިން ފެން ކުލައިން ކުރަހާތަން ފެނެއެވެ.

ކުރަހާ ނިމުމަށްފަހު ސަނީ ވަނީ އޭނާގެ އާއިލާ އިން ކުރެހި ކުރެހުން އެއްކޮށް ނިމުނުހާ އަވަހަށް ފޭނުން ނާ ހިއްސާ ކުރާނެ ކަމަށް ވައުދުވެފައެވެ. އަދި ސަނީ ވަނީ އޭނާ މިހާރު ހުރީ " އޮފިޝަލީ ޕެއިންޓް މޯޑު" ގައި ކަމަށް ވެސް ބުނެފައެވެ.

މީގެ އިތުރުން ވެސް ލޮކްޑައުން އާއު ގުޅިގެން ގޭގެ މަސައްކަތު މީހުންނަށް ޗުއްޓީ ދިނުމަށް ފަހު މިހާރު ގޭގައި ހުރިހާ މަސައްކަތެެއް ކުރަނީ ސަނީ އާއި ފިރިމީހާ ކަން ވެސް ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!