މުނިފޫހިފިލުވުން

އިރްފާން ޚާން އޭނާގެ އާއިލާއަށް ދޫކޮށްފައި ދިޔައީ ކިހާ މުދަލެއްކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ އެންމެ ހުނަރުވެރި ތަރިންގެ ތެރެއިން ގުނާލެވޭ އެކަކު ކަމުގައިވާ އިރްފާން ޚާންގެ ކުއްލި މަރާއި އެކު މުޅި އިންޑަސްޓްރީވަނީ މޮޅީގެ ސާލެއްގައެވެ. ވަރަށް މަދުން ފެންނަ ލޭގެ ކެންސަރުގެ ބައްޔަކާ ހަނގުރާމަ ކުރަމުން ދިޔަ އިރްފާން ޚާން، މުމްބާއީގެ ހޮސްޕިޓަލެއްގައި މަރުވީ އޭނާގެ އާއިލާ އާއި ގާތް ރައްޓެހިން އޭނާގެ ކައިރީގައި ވަނިކޮށެވެ.

Ads by MWSC

އިރްފާންގެ މަރުގެ ޚަބަރު، ޖަންގަލީގައި އަލިފާން ފެތުރޭހެން ފެތުރިގެން ދިޔައެވެ. އަދި އިންޑަސްޓްރީގެ ފަރާތްތަކުން ތަޢުޒިޔާގެ މެސެޖްތައް ބަންޑުން ކޮށްލިއެވެ.

އިރްފާން ޚާން މަރުވި އިރު އަންހެނުން ސުތާޕާ ސިކްދާރް ގެ އިތުރުން ދެ ފިރިހެން ދަރިންކަމަށްވާ ބާބިލް އަދި އަޔާން އަށް ވާރުތައިން ލިބުނީ ކިހާ މުދަލާކާއި ފައިސާއެއްކަން އެނގޭ ހެއްޔެވެ؟. ވަރަށް ގިނަ މީޑިޔާތަކެއްގައި މިކަމުގެ ރިޕޯޓްތައް ދައުރުވަމުންދާއިރު، ގިނަ މީޑިޔާތައް ބުނާ ގޮތުން 53 އަހަރުގެ އިރްފާން މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި ގާތްގަޑަކަށް 320 ކްރޯޑް ރުޕީސް ހުރިކަމަށްވެއެވެ. އިރްފާންގެ މައިގަނޑު އާމްދަނީ ލިބެނީ ފިލްމު ކުޅެގެންނާއި އިޝްތިހާރުތައް ކުޅެގެންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި އިރްފާން ފިލްމެއް ކުޅެދެނީ 15 ކްރޯޑް ރުޕީސް އަށެވެ. އަދި އިޝްތިހާރެއް ކުޅެދެނީ 5 ކްރޯޑް ރުޕީސްއަށެވެ.
މީގެއިތުރު މުމްބާއީގައި އިރްފާން ޚާންގެ ގެއެއް ހުރެއެވެ. އަދި ޖޫހޫގައި ވެސް އޭނާގެ ފްލެޓެއް ހުރެއެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އިރްފާން ޕާސަނަލް އިންވެސްޓްމަންޓްގެ ގޮތުގައި 110 ކްރޯޑް ރުޕީސް ރައްކާ ކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!