އިތުރު 24 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
އިތުރު 24 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނީ ފައްސިވި 24 މީހުންގެ ތެރޭގައޮ ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި ތިން ދިވެހިންނާއި އިންޑިއާގެ ރައްޔިތެއް ކަމަށެވެ.
މި 24 މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުން އަދަދު ވަނީ 642 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 216 ދިވެހިންނާއި، 426 ބިދޭސީންނެވެ.
ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 20 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ދެ މީހަކު ވަނީ މަރުވެފައެވެ.
Ads by Allied Insurance