Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޢަލީ ރަމީޒު ، މަލާމާތްކުރާ ފަރާތްތަކަށް : ފޮށިނުލާ ނުތިބެވޭނެ

ﷲގެ ދީނަށް މީހަކު ފުރިހަމައަށް ތަބާވާ މަންޒަރު ފެނުމަކީ އެއްވެސް ޒަމާނެއްގައި މުނާފިގުންނަށް ކެތްކުރެވޭނެ ކަމެއް ނޫންކަމަށާއި ފޮށިނުލާ ނުތިބެވޭނެކަމަށް ޢަލީ ރަމީޒު ބުނެފިއެވެ.

ރާއްޖޭގެ ކުރީގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި މިހާރު ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ޢަލީ މިހެން ބުނެފައިވަނީ ބައެެއް ލަވަކިޔުންތެރިން މިޔުޒިކާއި ދުރުވުމުން އެމީހުންނަށް މަލާމާތް ރައްދުވަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement
Allied Insurance — Square (box)
— Ali Rameez (@aliramyz) May 7, 2020

މޯލްޑިވިއަން އައިޑަލްއިން މަޝްހޫރުކަން ހޯދި އިޝާން އާއި ބޮޑުބެރުން މަޝްހޫރުވި ޢަބުދުއްރާޒިޤް އާއި ރެޕް ލަވަކިޔުންތެރިޔާ ސުޢާދު ނުވަތަ ޒިޕްސް ވެސް ވަނީ މިޔުޒިކާއި ދުރުވެ އެކަން އިޢުލާން ކޮށްފައެވެ.

އިޝާން މިޔުޒިކާއި ދުރުވުމުން މީހަކު މީސްމީޑިއާގައި ބުނެފައިވަނީ ޝައިޚް އިޝާން ސީރިއާފަދަ ހަނގުރާމައިގެ މައިދާންތަކުން ފެނުމަށް އުއްމީދު ކުރާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް