Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ފޭބެން ވާނީ 14 ދުވަހު ކަރަންޓީންގައި މަޑުކުރުމަށް ފަހު: މުއިއްޒު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ފޭބެން ވާނީ 14 ދުވަހު ކަރަންޓީންގައި މަޑުކުރުމަށް ފަހު ކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތިންދާ ބޯޓެއްގައި އަޔަސް، ލަކުޑި ބޯޓެއްގައި އަޔަސް، މަނަވަރެއްގައި އަޔަސް، މި ދުވަސް ކޮޅު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ފޭބެން ވާނީ 14 ދުވަހު ކަރަންޓީންގައި މަޑުކުރުމަށް ފަހު ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ރައްކަލަށްޓަކައި މިކަން އޮންނަންވާނީ މިހެން ކަމުގައި ދެކެން." މުއިއްޒު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރަށަށް ނުދެވި މާލޭގައި ތިބި މީހުންް ފޮނުވާނެ އުސޫލުގެ ދަށުން ރަށްރަށަށް ފޮނުވުމަށް އިސްކަންދޭ ތަރުތީބު ވަނީ އިޢުލާން ކޮށްފައެވެ.

އެޗްޕީއޭއިން ދަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހު ކަރަންޓީން ފެސިލިޓީއެއްގައި މަޑުކުރުވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް