"ޕްރައިވެޓް ސެކްޓަރުތަކުން މުސާރަ ކުޑަ ނުކުރުމަށް އަންގާފައި ސަރުކާރުގެ މުވައްޒަފުންގެ މުސާ ކުޑަ ކުރަނީ ކީއްވެތޯ"
ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރުމަށް އަންގާފައި ސަރުކާރުގެ މުވައްޒަފުންގެ މުސާ ކުޑަ ކުރަނީ ކީއްވެތޯ ކުރީގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ސުވާލު އުފައްދަވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސަރުކާރު މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެއެމްޑީންނާއި ޑީއެމްޑީންގެ ގޮތުގައި ތިއްބެވި ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަހަލަ ޙާލެއްގަ ވާނުވާ އޮޅުންފިލައިގެން ވަޒީރުންވެސް ބަސްވިދާޅުވުން ރަނގަޅު ވާނެ ކަމަށެވެ. މޫސަ މިހެން މި ވިދާޅުވީ އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރު ކުޑަ ނުކުރުމަށް ސަރުކާރުން ގޮވާލައި ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމާ ގުޅިގެންނެވެ.
"މިވީ ކޮންއެއްޗަކަށް ޕްރައިވެޓް ސެކްޓަރުގަ ތިބި މުވައްޒަފުންގެ މުސާރަ ކަނޑައިގެންނުވާނެއޭ ކިޔާ އިންޒާރުދީފަ. ސަރުކާރުގެ މުވައްޒަފުންނާ ކުންފުނިތަކުގެ މުވައްޒަފުންގެމުސާރަތަށް މިކަނޑަނީ ކީއްވެ މިކަހަލަ ޙާލެއްގަ ވާނުވާ އޮޅުންފިލައިގެން ވަޒީރުންވެސް ބަސްވިދާޅުވާނަމަ" މޫސަ ވިދާޅުވިއެވެ.
މިވީ ކޮންއެއްޗަކަށް
ޕްރައިވެޓް ސެކްޓަރުގަ ތިބި މުވައްޒަފުންގެ މުސާރަކަނޑައިގެންނުވާނެއޭ ކިޔާ އިންޒާރުދީފަ. ސަރުކާރުގެ މުވައްޒަފުންނާ ކުންފުނިތަކުގެ މުވައްޒަފުންގެމުސާރަތަށް މިކަނޑަނީ ކީއްވެމިކަހަލަ ޙާލެއްގަ ވާނުވާ އޮޅުންފިލައިގެން ވަޒީރުންވެސް ބަސްވިދާޅުވާނަމަ
— Reekomoosa (@ReekoMoosa) May 7, 2020
މިއަދުގެ ޕްރެސްގައި މިނިސްޓަރު އަމީން ވިދާޅުވީ 20،000 ރުފިޔާއިން މަތިން މުސާރަ ލިބޭ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑެޕިއުޓީ މިނިސްޓަރުން ފެށިގެން ހުރިހާ ފަންތިއަކަށް މުސާރަ އުނިކުރަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިން 32 ޕަސެންޓް ކުޑަ ކުރަން ވަނީ ނިންމާފައެވެ.