ފަންނީ މާހިރުން އެދޭވަރަށް ޓެސްޓްކުރުން އިތުރު ކުރަމާ: ޑރ.މުޢިއްޒު
ޞިއްހީ މާހިރުން އެދޭވަރަށް ކޮވިޑް19 އަށް ޓެސްޓްކުރާ މިންވަރު އިތުރުކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ކޮވިޑް19އަށް ޓެސްޓް ކުރެވޭލެއް މަދުކަމަށް ވިދާޅުވެ ޑރ.ޝީނާ ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ޑރ.މުޢިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ، ދުނިޔޭގެ ޞިއްޙަތުގެ ޖަމްއިއްޔާގެ މެސެޖަކީ ވެސް ޓެސްޓްކުރުން ކަމަށާއި ދުވާލަކު މަދުވެގެން އެއް ހާސް މީހުން ޓެސްޓްކުރުމަށް ގޮވާލެއްވިއެވެ.
'' ޑަބްލިޔުއެޗްއޯގެ މެސެޖަކީ ޓެސްޓް،ޓެސްޓް،ޓެސްޓް، ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ ފަންނީ މާހިރުން އެދޭ ވަރަށް ނޫނީ ސަސްޕެކްޓެޑް ކޭސްތަކުގެ މަދުވެގެން 1000 ޓެސްޓް ދުވާލަކު ހެދޭ ވަރަށް އިތުރުކުރަމާތޯ؟ ބޯޑަރ ބަންދު ކުރުމުގައި ވީލަސް މިކަމުގައި ނުވަމާތޯ؟" މުޢިއްޒު އެދިވަޑައިގެންފައިވެއެވެ.
WHO ge message akee "Test, Test, Test" kamahvaairu, raajjeyge testing capacity fannee maahirun edhey varah, noonee suspected cases ge madhuvegen 1000 test dhuvaalaku hedhey varah ithuru kuramaatho? Border bandhu kurumugai vee las mikamugai nuvamaatho! https://t.co/FonZuuGVSU
— Dr Mohamed Muizzu (@MMuizzu) May 8, 2020
ރާއްޖޭގައި މިހާރު ދުވަހެއްގެ މައްޗަށް ކުރެވެނީ 300 އާއި 400 އާ ދެމެދުގެ ސާމްޕަލްއެވެ. ރޭ ބޭއްވި ޕްރެސްއެއްގައި ޑރ.ޝީނާ ވިދާޅުވީ އެކަށީގެންވާ ޢަދަދަކަށް ޓެސްޓްކުރެވޭ ނަމަ ދުވަހެއްގެ މައްޗަށް 300 މީހުން ފައްސިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ، ޓެސްޓް ކުރެވޭ މިންވަރާއިމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ޓެސްޓްކުރެވޭ މިންވަރު މަދުވުމާއެކު ، ދެނެނުގަނެވި ބަލި އެބަ ފެތުރޭ ކަމަށާއި ބަލިމީހާ ދެނެގަނެވެނީ ހާލު ބޮޑުވާ ފަހުން ކަމަށް ވެސް ޑރ.ޝީނާ ވިދާޅުވިއެވެ.
ޓެސްޓްކުރާ ވަޞީލަތްތައް އިތުރުކުރުމާއި ގުޅޭގޮތުން ތަރުޖަމާނު މަބްރޫކް ވިދާޅުވީ ވަޞީލަތްތައް ހޯދަން ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް ސަރުކާރުން އެކަމާ ފަސްނުޖެހޭނެ ކަމަށާއި ނަމަވެސް ރާއްޖެ ކަހަލަ ގައުމަކަށް މިފަދަ ވަޞީލަތްތައް ހޯދަން އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.