ޚަބަރު

ޖަލު އޮފިސަރުންނާއި ގައިދީންގެ ރެންޑަމް ސާމްޕަލްތަކެއް ނަގަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ޖަލު އޮފިސަރުންނާއި ގައިދީން ކޮވިޑް19 އަށް ޓެސްޓު ކުރުމުގެ ގޮތުން ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މި މަސައްކަތަކީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތަކެވެ.

ކަރެކްޝަންސް އިން ބުނީ މި މަސައްކަތުގެ ތެރެއިން މާފުށީ ޖަލުގައި މަސައްކަތް ކުރަމުންދާ ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނަގާނެކަަމަށެވެ.

ރެންޑަމް ސާމްޕަލް ނަގަން ފަށާފައި މިވަނީ މިހާރު ބަލިޖެހޭ މީހުންގެ ތެރެއިން ގިނަ ބަޔަކީ އެސިމްޓޮމެޓިކް ނުވަތަ ބަލީގެ ނުރައްކާ ހުރި ބަޔެއްކަމަށް ނުދައްކާތީކަމަށް އެންއީއޯސީއިން ބުނެއެވެ.

މިހާތަނަށް އައިރު މީގެކުރިންވެސް މާލޭ ޞަރަޙައްދުގެ އިތުރުން ރީޖަނަލް ހޮސްޕިޓަލް ތަކުގައި އޯޕީޑީއަށް ދާ މީހުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަަކާއި، ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކްތަކަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިންވެސް ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!