ޚަބަރު

ރާއްޖޭގައި 7 މަހުގެ ތުއްތު ކުއްޖަކަށް ކޮވިޑް ޖެހިއްޖެ، އަަވަސް ޝިފާއެއް ދެއްވާށި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި އުމުރުން ހަތް މަހުގެ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. މި ކުއްޖާ ހިމެނެނީ ރާއްޖެއިން އެންމެ ފަހުން ކޮވިޑް-19 އަށް ފައްސިވީ ދިހަ މީހުންގެ ތެރޭގައި ކަމަށެވެ.

Ads by STELCO

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ފައްސިވީ 7 މަހުގެ ދިވެހި ފިރިހެން ކުއްޖެކެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

އެޗްޕީއޭއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި އުމުރުން 1 އަހަރާއި 10 އަހަރާއި ދެމެދުގެ ދިހަ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 3 ފިރިހެން ކުދިންނާއި 7 އަންހެން ކުއްޖެކެވެ.

މިރޭ ފައްސިވި 10 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 744 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 236 ދިވެހިންނާއި، 508 ބިދޭސީންނެވެ.

ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 20 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ތިން މީހަކު ވަނީ މަރުވެފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!